ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަންސް އިން ކުރި “އެކްސް” އެއްގައި ބުނެފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އިމިގްރޭޝަނުން މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ. އެގޮތުން، އެ އިދާރާގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޕަރޭޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށްވެސް އިމިގްރޭޝަނުން ހާމަކުރައްވާފައިވެއެވެ.
Announcement:
Immigration document checks and Inspections to identify undocumented migrants.Read more: https://t.co/uOB13skhS0 pic.twitter.com/0rwy1EMU06
— Maldives Immigration (@ImmigrationMV) December 7, 2023
އެ އޮޕަރޭޝަންގެ ދަށުން، ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން ދެނެގަތުމަށްޓަކައި، ބިދޭސީންގެ އައިޑެންޓިޓީ ކާޑު ބަލައި، ފާސްކުރުމާއި ވިސާ ޗެކްކުރާނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން މަދުކުރުމަށް އަވަސް ޙައްލެއް ގެންނަން ޖެހިފައިވާ ކަމަށާއި، އިމިގްރޭޝަން ޤާނޫނާއި ޚިލާފުވާ ބިދޭސީން ޤާނޫނުގެ ތަރަހައިގެ ތެރެޔަށް ފެއްތުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރާނެކަމަށް އިމިގްރޭޝަން އިން ވިދާޅުވެއެވެ.