ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ރަސްމީކޮށް ވަކި އޮފީހެއް ހުޅުވައިފިއެވެ.
ޕީއެންސީގެ އާ އޮޮފީސް މިރޭ ހުޅުވީ ހ. ސީޓްރެކްގެ ހަތްވަނަ ފަންގިފިލާގައެވެ. އޮފީސް ހުޅުވައިދެއްވީ އެޕާޓީގެ އަދި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މިރޭގެ އިވެންޓްގައި ޕީއެންސީގެ އިސްވެރިން ބައިވެރިވެރިވިއެވެ. އޭގެ ތެރޭގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު، ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި މިހާރުގެ މެމްބަރު، އަލް އުސްތާޒު މޫސާ ސިރާޖުވެސް ހިމެނެއެވެ.
އަދި ލ. ފޮނަދުއަށް ނިސްބަތްވެ ވަޑައިގަންނަވާ ދެ މިނިސްޓަރުން ކަމަށް ޓޫރިޒަމް އިބްރާހީމް ފައިސަލާ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުވެސް މިރޭގެ އިވެންޓްގައި ބައިވެރިވެލެއްވިއެވެ.
ރަސްމީ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ޖާގަ ތަނަވަސް ބޮޑު އޮފީހެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ޕީއެންސީން ޕާޓީއެއްގެ ގޮތުގައި މިގޮތަށް ހަރަކާތްތެރިވާން ފެށި މިއީ ފުރަތަމަ ފަހަރު ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.އޭގެ އިތުރުން މިރޭގެ އިވެންޓްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނެގޭނެ ކަމަށާއި، ދެން އޮތީ އެކަމަށް މަސައްކަތް ކުރުން ކަމަށެވެ.
ޕީއެންސީން އޮފީސް ހުޅުވާފައި ވަނީ އެ ޕާޓީން ކުރިން މަސައްކަތް ކުރަމުންދިޔަ ޕީޕީއެމްއާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ޖެހުނު މައްސަލަތަކެއް ތެރެއިންނެވެ.