ޚަބަރު
ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާން ރޯވެއްޖެ
ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަނީ

މިއަދު ހެނދުނު ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން ވަނީ އެ ރަށަށް ފުރައިފައެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ މައުލޫމާތު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ގައެވެ. އަދި ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް މާލެއިން ފުރާފައިވަނީ 11:05 ހާއިރުއެވެ.

މި ވަގުތު ކުޑަރަށް ރިސޯޓުގެ އަމިއްލަ ފަޔަރ ޓީމެއް ވަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް މި ވަގުތާ ހަމައަށް ލިބިފައެއް ނުވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *