Uncategorized
ދިއްގިރި ކައިރިން ދޯންޏެއް ފަރަށް އަރައި އަޑިއަށް ގޮސްފި
އަޑިއަށްދިޔަ ދޯނިން ހާލުގައި ޖެހުނު ފަޅުވެރިން

މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ “އަލްމަޖްރާ” ދޯނި ދިއްގިރި ކައިރިން ފަރަށް އަރައި އަޑިއަށް ގޮސްފިއެވެ. މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ފަތިހު 5:34 އެހައިކަށްހާއިރުއެވެ.

މި ހާދިސާއާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ދޯނީގައި ދަތުރުކުރި ތިން މީހުން ފަރުމަތީގައި ހާލުގައި ޖެހިފައި ތިއްބައި ފެނުނެމުން ފުލުހުންގެ ލޯންޗުން އެ މީހުން ސަލާމަތްކޮށް މިހާރު ވަނީ ވ. ފެލިދޫއަށް ގެންގޮސްފައެވެ. ދޯނީގައި ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ. ސަލާމަތްކުރެވުނު އެންމެންގެ ހާލު ރަނގަޅުކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އަޑިއަށް ދިޔަ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާއާއި އެ ބާވަތުގެ އެހެނިހެން ސާމާނު ހުރިކަމަށް ދަތުރުވެރިން މަޢުލޫމާތު ދީފައިވެއެވެ. މި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިންޒާރު ދީފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *