ލ. މާވަށުގައި މިއަދު ހެނދުނު މީހަކަށް ވަޅިން ހަމަލާދީ މަރާލިކަމުގެ ތުހުމަތުގައި ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މި ހާދިސާގައި މަރުވެފައިވަނީ ލ. މާވަށު ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެރަށު ވޮލީކޯޓް ސަރަހައްދުގައެވެ. އަދި މި ހަމަލާއާ ގުޅިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކުރިކަން ފުލުހުން ވަނީ ރަސްމީކޮށް ޔަގީންކޮށްދީފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ކިޔުންތެރިންގެ ޚިޔާލު