ލ.މާވަށުގައި މިއަދު ހެނދުނު ވަޅިން ހަމަލާދީ 29 އަހަރުގެ ޒުވާނަކު މަރާލައިފިއެވެ. މި ހާދިސާގައި މަރުވެފައިވަނީ އެރަށު ނަލަހިޔާގޭ މޫސާ އިބްރާހީމް (29 އަހަރު) އެވެ.
ފުލުހުން މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ އެރަށު ވޮލީކޯޓް ސަރަހައްދުގައެވެ. މޫސާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅިގެން ވަޅިން ހަމަލާދިން ކަމަށް ބެލެވޭ ފަރާތް މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދިން ފަރާތަކީ އެހެން ރަށަކުން މާވަށަށް އައިސް ހުރި މީހެކެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ކުރިއަށް ގެންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ޚިޔާލު