ޚަބަރު
މިނިވަން ދުވަސް ފާހަގަކުރަން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންނާއި ދައުލަތުގެ އިސްވެރިންގެ އިތުރުން، ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިވެފައިވެއެވެ. ދިދަ ނެގުމަށްފަހު ޚާއްސަ ދުޢާއެއް ކުރިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ރަސްމިއްޔާތު ބޭއްވިފައިވަނީ އެ ރަށެއްގައި ހުންނަ ސަރުކާރުގެ އެންމެ އިސް އިދާރާގައެވެ. މީގެ އިތުރުން ބޭރު ޤައުމުތަކުގައި ހުންނަ ދިވެހި އެމްބަސީތަކުގައިވެސް ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.

މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް މި ރަސްމިއްޔާތުން ފެށިފައިވާއިރު، މިއަދު ހަވީރު ޖުމްހޫރީ މައިދާން ސަރަހައްދުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާއި ސްކޫލް ކުދިންގެ ސަގާފީ އައިޓަމްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *