އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު އަނބުރާ ރާއްޖެއަށް މިއަދު ގެނެސްފި އެވެ.
ރޭގައި ފުލުހުން ބުނީ އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްފަހު އަނބުރާ މާލެ ގެނެސް މޯޗަރީއަށް ލާފައިވާ ކަމަށެވެ.
މިމަހުގެ 12ވަނަ ދުވަހުގެ ދަންވަރު އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވަނިކޮށް ފެނުނީ އޭނާ ދިރިއުޅޭ ގެއިންނެވެ. ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް އަބްދުއްރަހުމާން މަރުވެފައިވަނީ އެރޭ ފަތިހުއެވެ. އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެނެސް އޮޓޮޕްސީ ހެދުމަށް ފޮނުވާލާފައިވަނީ މިދިޔަ ހޯމަދުވަހުއެވެ.
އަބްދުއްރަހުމާން މަރާލުމާ ގުޅިގެން އެރަށުގައި ދަނީ ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުންނެވެ. ފުލުހުންގެ ތަހުގީގައް މިހާރުވަނީ އަބްދުއްރަހުމާންގެ އަންހެނުންގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހަޢްޓާފައެވެ. ތަހުގީގައި ގުޅޭ މައުލޫމާތު މިހާތަނައް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.