ޚަބަރު
ޑީކޮންޖެޝަން ޕްރޮގްރާމްގެ ދަށުން 446 އުޅަނދު ނައްތާލައިފި

ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ގިނަވެ، މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި މި މިނިސްޓްރީ އިން ކުރިއަށްގެންދާ ‘ޑީކޮންޖެޝަން ޕްރޮގްރާމް’ ގެ ދަށުން، މިހާތަނަށް ޖުމްލަ 446 އުޅަނދު ވަނީ ނައްތާލެވިފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބު ދައްކާ ގޮތުން، މިހާތަނަށް މާލެ ސަރަހައްދަށް ރަޖިސްޓްރީކުރެވިފައިވާ 2 ފުރޮޅުލީ އުޅަނދުގެ އަދަދަކީ 106،792 އެވެ. އަދި 2023 ވަނަ އަހަރު 9،249 އުޅަނދު ރަޖިސްޓްރީ ކުރެވުނު އިރު، 2024 ވަނަ އަހަރު 8،400 އުޅަނދު ވަނީ ރަޖިސްޓްރީކޮށްފައެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު %9.18 ގެ ދަށްވުމެކެވެ.

ކާރުތަކުގެ ރަޖިސްޓްރޭޝަނަށް ބަލާއިރު، މިހާތަނަށް މާލެ ސަރަހައްދަށް ރަޖިސްޓްރީކުރެވިފައިވާ ކާރުގެ އަދަދަކީ 7،553 އެވެ. 2023 ވަނަ އަހަރުގައި 1،148 ކާރު ރަޖިސްޓްރީކޮށްފައިވާ އިރު، 2024 ވަނަ އަހަރު ވަނީ 301 ކާރު ރަޖިސްޓްރީކޮށްފައެވެ. މިއީ %73.78 ގެ ދަށްވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ޕްރޮގްރާމް ފަށައިފައި ވަނީ މާލޭގެ މަގުތަކުގައި އުޅަނދުފަހަރު ގިނަވެ، ޓްރެފިކް މައްސަލަ ޙައްލުކުރުމަށެވެ. މި ޕްރޮގްރާމްގެ ދަށުން، ބޭނުންނުކުރާ އުޅަނދުފަހަރު ނައްތާލުމާއި، ޓޯވ ކުރުން ހިމެނެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *