ޚަބަރު
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު އިޓަލީއަށް ފުރާވަޑައިގެންފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިއާ، އިންޓަރނޭޝަނަލް ފަންޑު ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ 48 ވަނަ ގަވަރނިންގް ކައުންސިލް މީޓިންގައި ބައިވެރިވެވަޑައިގަތުމަށް މިއަދު އިޓަލީއަށް ވަނީ ފުރާވަޑައިގެންފައެވެ.

އިޓަލީގެ ވެރިރަށް ރޯމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން އޮންނާނީ މި މަހުގެ 12 އިން 13 އަށެވެ. މި ބައްދަލުވުމަކީ ޚާއްސަކޮށް ޖަޒީރާ ޤައުމުތަކުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތަކާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އުސޫލުތަކަށް ގެނެވިދާނެ ހެޔޮ ބަދަލުތަކާއި، މިކަންކަން ހަރުދަނާކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ވަޒީރުންނާއި، ސްޓޭޓުންގެ އިތުރުން ދަނޑުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެން ތަޖުރިބާ ހިއްސާކުރުމާއި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިފަދަ ބައްދަލުވުންތަކުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުގެ އަލީގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވޭނެ ކަމަށް އެ ވުޒާރާއިން ދެކެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *