ވިޔަފާރި
ބީއެމްއެލް އިން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ފަސޭހައިން ބޭރު ފައިސާ މާރުކުރެވޭ ޕްލެޓްފޯމެއް ތައާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް. --ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރުމަށް އެކުލަވާލައިފައިވާ ގާނޫނާއި ގަވައިދާ އެއްގޮތަށް ބޭރު ފައިސާ މާރުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

މި ހިދުމަތަކީ ފޮރިން ކަރަންސީ އެކްޓް (32/2024) އަދި އެމްއެމްއޭގެ ކަރަންސީ ރެގިއުލޭޝަން (2024/R-91) އާ އެއްގޮތްވާ ގޮތުގެ މަތިން ފެށި ޚިދުމަތެކެވެ.

މި ޕްލެޓްފޯމްގެ ޒަރީއާއިން ވިޔަފާރިތަކަށް މަތީގައި ބަޔާންކޮށްފައިވާ ގާނޫނާއި ގަވައިދުގެ ދަށުން މާރުކުރަން ޖެހޭ ( މެންޑޭޓަރީ އެކްސްޗޭންޖް) ހުރިހާ މުއާމަލާތެއް ފަސޭހަކަމާއެކު ޓްރެކްކޮށް ރިވިއު ކުރުމަށް އެކްޓިވިޓީ ރިޕޯޓުން ފެންނާނެއެވެ. މި ޕްލެޓްފޯމު މެދުވެރިކޮށް ބޭންކަށް ޑޮލަރު މާރުކުރާނީ ( ބޭންކުން ޑޮލަރު ގަތުން) 15.42 ރުފިޔާ އަށެވެ. މިއީ ބޭންކުން ޑޮލަރު ވިއްކާ އަގެވެ.

މި އޮންލައިން ޕްލެޓްފޯމް ގާއިމުކުރުމުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލާޒިމްކޮށްފައިވާ ބޭރު ފައިސާ މާރުކުރުމަށް މަގުފަހިކޮށްދީ، ވީހާވެސް ފަސޭހަކަމާއެކު މި ހިދުމަތް ލިބޭނެ ގޮތް ހެދުމެވެ.

އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/mandatory-exchange

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *