ޚަބަރު
ތުރުކީ ސްކޮލަރޝިޕަށް ހުޅުވާލައިފި
ފޮޓޯ : ފްލިކަރ

ތުރުކީ ސަރުކާރުން ދިވެހި ދަރިވަރުންނަށް ބެޗްލަރސް އަދި މާސްޓަރސް ޑިގްރީ ފެންވަރުގެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ހުޅުވާލާފައިވަނީ ބެޗްލަރ ޑިގްރީގެ ފުރުޞަތަކާއި މާސްޓަރސް ޑިގްރީގެ ފުރުޞަތެކެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މިއަދު ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، ބެޗްލަރސް ޑިގްރީއަށް ކުރިމަތިލާ ދަރިވަރުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް އިމްތިހާނުގެ ފަސް މާއްދާއިން ‘ސީ’ އިން ފެށިގެން މަތީ ގްރޭޑެއް އަދި އޭލެވެލް ތިން މާއްދާއިން ‘އީ’ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ހިމެނެއެވެ. އަދި އުމުރުން 21 އަހަރު ވެފައިވާ މީހެއްކަމުގައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މާސްޓަރސް ޑިގްރީއަށް ކުރިމަތިލާ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއި، އުމުރުން 30 އަހަރު ނުވާ މީހެއްކަމުގައިވުން ހިމެނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތުރުކިޔޭ ސްކޮލަރޝިޕްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އަންނަ މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 2:00ގެ ކުރިން އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

މިނިސްޓްރީން ބުނީ ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މިނިސްޓްރީން ނޮމިނޭޓް ކުރާނެ ކަމަށާއި، ފައިނަލް ސެލެކްޝަން ހަދާނީ ސްކޮލަޝިޕް ދޭ ފަރާތުން ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *