ވިޔަފާރި
ޗައިނާގެ ލޮނުމެދަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް އެމެރިކާ މެމްބަރަކު ބުނެފި

ޗައިނާއިން އެތެރެކުރާ ލޮނުމެދަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އެމެރިކާގެ ސެނެޓަރަކު ބުނެފިއެވެ.

ރިޕަބްލިކަން ސެނެޓާ ރިކް ސްކޮޓް އެމެރިކާގެ ކޮމާސް ސެކްރެޓަރީއަށް ފޮނުވި ސިޓީއެއްގައި ބުނީ ޗައިނާގެ ލޮނުމެދަކީ އާންމުން ބޭނުންކުރަން އެންމެ އެކަށީގެންވާ އެއްޗެއް ނޫން ކަމަށާއި، އެ ލޮނުމެދު އުފައްދަން ބޭނުންކުރާ އުކުޅުތައް ސާފު ތާހިރު ނޫން ކަމަށެވެ.

ސެނެޓަރުގެ ސިޓީގައި އިތުރަށް ބުނެފައި ވަނީ އެމެރިކާގެ އެތައް ރައްޔިތުންނަކަށް ޗައިނާގެ ލޮނުމެދުން ނޭދެވޭ އަސަރު ކޮށްފައިވާނެ ކަމަށާއި، އެހެންކަމުން އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި ފިޔަވަޅު އަޅައިދިނުމަށެވެ.

ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ލޮނުމެދު އެކްސްޕޯޓެވެ. ޗައިނާއިން އެމެރިކާއަށް އާންމުކޮށް އެއްޗެހި އެތެރެކުރި ނަމަވެސް، ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އަބަދުވެސް އޮންނަނީ ހީނަރުވެފައެވެ. 1990 ވަނަ އަހަރުން ފެށިގެން ޗައިނާގެ ޕްރޮޑަކްޓްތަކުން އެމެރިކާއިން ޓެރިފާއި ޓެކްސް މަތިކޮށްފައިވާ އިރު، 2019 ވަނަ ޑޮނަލްޓް ޓްރަމްޕް ވަނީ އޭނާގެ ވެރިކަމުގައި ޗައިނާއަށް އިތުރަށް ދަތުކުރުމުގެ ފިޔަވަޅުތައް އަޅުއްވައިފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *