ޚަބަރު
ހުޅުމާލޭގެ ސެންޓްރަލް ޕާކަށްގޮސް މިއަދު ފުޅަނދުތައް ބަލާލެވޭނެ: އެޗްޑީސީ
ފުޅަނދުބުރު މާލޭގައި ކުރިޔަށް ދަނީ.

މިނިވަންދުވަހާ ގުޅުވައިގެން އެޗްޑީސީން ތައްޔާރުކުރި ފުޅަނދުތަކަށް ލިބުނު ފޯރިގަދަ ތަރުހީބާ ގުޅިގެން، މިއަދުވެސް ހުޅުމާލޭގައި ފުޅަނދު ދައްކާލުން ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން އެޗްޑީސީން ތައްޔާރުކޮށްފައިވާ ފުޅަނދުތައް ހުޅުމާލޭގެ މަގުތަކުގައި ދައްކާލުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ. އަދި ރޭގަނޑުގެ ދަންފަޅީގައި ފުޅަނދު ދައްކާލުން ކުރިއަށްދާނީ 8:00 އިން 10:00 އަށެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި މިއީ މިނިވަން 60 ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ހަރަކާތެކެވެ. “މި ހަރަކާތަށް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ. ވަކިން ޚާއްސަކޮށް ކުޑަކުދިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު،”އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ ދުވަސްތަކާ ގުޅުވައިގެން ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު މިފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *