ޚަބަރު
މިއަދު ހިންގި ރެއިޑުގައި 25 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
މިއަދު ހިންގުނު އޮޕަރޭޝަން

އިމިގްރޭޝަނުން މިއަދު ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 25 ބިދޭސިއަކު އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ސިލްސިލާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގެ ހެންވޭރު ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި ގަވައިދާ ޚިލާފަށް އުޅެމުން ދިޔަ 25 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ޚިދުމަތުން ހާމަކުރިއެވެ.

އިމިގްރޭޝަނުން ހިންގާ މި އޮޕަރޭޝަންތަކުގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު، އެ ފަރާތްތަކަށް ގަވައިދަށް އުޅުމަށް ފުރުސަތު ދެވެއެވެ. އަދި އަމިއްލަ ގައުމަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ފަހިކޮށްދެވެއެވެ.

އިތުރު މައުލޫމާތު ދެއްވަމުން އިމިގްރޭޝަނުން ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން މިހާރު ވެސް ދަނީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ. “އޮޕަރޭޝަން ކުރަނގި” ގެ ނަމުގައި މި މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *