ޚަބަރު
ރައީސަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަން ފަށައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު

ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ވަނީ ތަހުގީގުކުރަން ފަށައިފައެވެ.

މި މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވެފައިވަނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް މި ވަގުތު ހާމަކުރައްވާފައެއް ނުވެއެވެ.

މި މައްސަލަ ކުރިމަތިވެފައިވަނީ މަސީހު މޫސާ ނަމަކަށް ކިޔާ ފަރާތަކުން ފޭސްބުކްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އޭނާ މި ޕޯސްޓް ކޮށްފައިވަނީ ޑްރަގް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ގުޅޭގޮތުން އޮންލައިން މީޑިއާއެއްގައި ޝާއިޢުކުރި ޚަބަރެއް ޝެއާކުރުމަށްފަހުގައެވެ. އޭނާގެ ޕޯސްޓްގައި ބުނެފައިވަނީ “އެންމެ ފުރަތަމަ މަރާލަން ޖެހެނީ ރައީސް” ކަމަށެވެ.

މި ޕޯސްޓާ ގުޅިގެން ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށް، މައްސަލަ ތަހުގީގުކުރުމަށް ގޮވާލައިފައެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިނުމަކީ ގާނޫނީ ގޮތުން ކުށެއްކަމަށްވާއިރު، މިފަދަ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލާ ތަހުގީގުކުރެވޭނެ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާ ގޮތުގެ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *