ޚަބަރު
ބާޒާރުގައި ފިޔާގެ އަގު ދަށަށް ދާން ފަށައިފި

މާލޭ ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު ރެކޯޑް މިންވަރަކަށް އުފުލުމަށްފަހު، މިއަދު ބާޒާރުގައި ފިޔާގެ އަގު ދަށަށް ގޮސްފައިވެއެވެ. މިދިޔަ ދެތިން ދުވަހުގެ ތެރޭގައި ބައެއް ވިޔަފާރިތަކުން ފިޔާ ކިލޯއެއް 75 ރުފިޔާއަށް ވިއްކާފައިވާއިރު، މިއަދު އަގުތައް ވަނީ ބޮޑުތަން ދަށަށް ގޮސްފައެވެ.

ފިޔާގެ އަގު މައްޗަށް ދިޔައީ މޫސުން ގޯސްވެ، ބޯޓުފަހަރުން މުދާ ބޭލުމަށް ހުރަސްތަކެއް ކުރިމަތިވެ، ބާޒާރަށް ފިޔާ ނުލިބުމުގެ ސަބަބުންނެވެ. ނަމަވެސް އެމްޕީއެލްއިން އިއްޔެ 5 ހާހަށްވުރެ ގިނަ ބަސްތާގެ ފިޔާ ބޯޓުތަކުން ބާލައި ގުދަނަށް ގެންގޮސްފައިވުމާއެކު، މިއަދު ވަނީ އަގުތައް ދަށަށް ގޮސްފައެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ފިޔާގެ އަގު އިތުރަށް ދަށަށްދާނެއެވެ. އަދި ބާޒާރުން ފިޔާ ލިބުން ދަތިވެ، އަގު އުފުލުމާ ގުޅިގެން އެސްޓީއޯއިންވެސް ވަނީ ފިޔާ ޝިޕްމަންޓެއް އެތެރެކުރުމުގެ މަސައްކަތް ފަށާފައެވެ.ފިޔަލަކީ ދިވެހިންގެ ކެއުމުގައި އާންމުކޮށް ކޮންމެ ދުވަހަކުހެން ބޭނުންކުރާ ބާވަތެކެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *