ޚަބަރު
ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންފި

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ. މިއީ އެ މަނިކުފާނު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން ލަންކާގެ ރައީސަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް މުއިއްޒުގެ ދައުވަތަކަށް ޑިސަނަޔަކެ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރާއްޖެ މި ވަޑައިގަތީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުނު މުނާސަބަތާ ވެސް ދިމާކޮށެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު އެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާތައް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

ލަންކާގެ ރައީސަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދުގެ މެންދުރުފަހު ޖުމްހޫރީ މައިދާން ސަރަހައްދުގައެވެ. އޭގެ އިތުރުން ރައީސް އޮފީހުގައި ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށްފަހު އެކި އެއްބަސްވުންތަކުގައި ސޮއިކުރުން އޮންނާނެ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.

މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖެ އާއި ސްރީ ލަންކާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *