އއ. މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި، ފިހުނު ދެމީހުންނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައިކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.
ރޭ 20:45 ހާއިރު ހިނގި މި ހާދިސާގައި ފިހިފައިވަނީ ދެ ބިދޭސީއެކެވެ. އެއީ 40 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެކެވެ.
އެދެމީހުންނަށް މާޅޮހު ހެލެތް ސެންޓަރުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ. އައިޖީއެމްއެޗުން ބުނީ، އެ ދެ މީހުންގެވެސް ހާލު ސީރިއަސް ކަމަށާއި، ފަރުވާދެމުން އަންނަނީ އައިސީޔޫގައިކަމަށެވެ.
މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ޚިޔާލު