ޚަބަރު
ވާވުގެ ޝިޕްރެކް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ވާވުގެ ޝިޕްރެކް ނުވަތަ ވާވު އަތޮޅު ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮތް ބޯޓު ފަރުން ނެއްޓި، އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާން ފަށައިފިއެވެ. މިކަމާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ

އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވާވު އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ޚާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިން އިތުރު ސަމާލުކަމެއް ބެހެއްޓުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. އެއީ ރޭގަނޑުގެ ވަގުތުތަކުގައި އޮޔާދާ ބޯޓު ފެނުމަކީ އުނދަގޫ ކަމަކަށް ވެދާނެތީއެވެ.

ވާވު ޝިޕްރެކް ސަރަހައްދަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *