ޚަބަރު
ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އައު ޤަވާއިދު އާންމުކޮށްފި

މިއަދު ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އައު ޤަވާއިދެއް އާންމުކޮށްފައެވެ. މި ޤަވާއިދުގެ މައިގަނޑު މަޤްޞަދަކީ ދުންފަތުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ބަލިތަކުން މުޖުތަމަޢު ރައްކާތެރިކުރުމެވެ.

މިއަދު ގެޒެޓް ކުރެވުނު މި ޤަވާއިދުގައި، އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް އުފައްދަން ބޭނުންކުރާ ކުދި ކުދި އާލާތްތައް ރާއްޖެއަށް ގެނެވޭގޮތަށް ހަމަޖައްސާފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް, ދުންފަތުގެ ބާވަތްތައް އުފައްދަން ބޭނުންކުރާ މެޝިނާއި އެފަދަ އެހެނިހެން އާލާތްތައް ވިޔަފާރި އުސޫލުން ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެއްގެ ގޮތުގައި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ޤަވާއިދުގެ ދަށުން, ދުންފަތުގެ އެއްވެސް ވިޔަފާރިއެއް ކުރުމަށް މިނިސްޓްރީ އޮފް ހެލްތުގެ ހުއްދަ ހޯދަންޖެހޭނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްކުރަންޖެހޭ ގޮތުގެ ތަފްޞީލުވެސް މި ޤަވާއިދުގައި ހިމަނާފައިވެއެވެ.

އިތުރުން, މިސްކިތްތަކާއި ސްކޫލްތަކާއި، އިޖުތިމާޢީ ތަންތަނާއި، އާންމު ޚިދުމަތްދޭ ތަންތަނާއި، އާންމު ހަރަކާތްތައް ހިންގާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވެއެވެ. މީގެ އިތުރުން, ދައުލަތުގެ އެންމެހައި އިދާރާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ޤާނޫނީ ޝަޚްޞުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެއެވެ.

މި ޤަވާއިދާ ޚިލާފުވާ ފަރާތްތަކާ ދޭތެރޭ އެޅޭނެ ފިޔަވަޅުތައްވެސް ވަނީ ބަޔާންކޮށްފައެވެ. މިސާލަކަށް, ދޫކުރެވޭ ތަކެތި ބޭނުންކޮށްގެން ވިޔަފާރި ބޭނުމަށް އުފައްދައިފިނަމަ، އެފަރާތްތަކަށް މިނިސްޓްރީ އޮފް ހެލްތުން ދޫކޮށްފައިވާ ލައިސަންސް ބާތިލްކުރެވޭނެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *