މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީގައި މިއަދު އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، ޔޫ.އެން.ޑީ.ޕީ އަދި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ބ. އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށާއި، ކައުންސިލްތަކުގެ އަންހެން މެންބަރުންނަށެވެ. މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤް ބައިވެރިވެ ވަޑައިގަންނަވައެވެ.
މި ޕްރޮގްރާމަކީ އަންހެނުންގެ އިޤްތިޞާދީ ބައިވެރިވުން އިތުރުކޮށް، އެ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.