ޚަބަރު
ހދ. އަތޮޅުގެ ރަށްތަކަށް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ފައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަމަޟާންމަހާ ގުޅިގެން ގޭބީސީތަކަށް ދެއްވާ ރޯދަ ހަދިޔާ ހދ. އަތޮޅުގެ ރަށްތަކަށް ބަހަން ފަށައިފިއެވެ. މި މަޢުލޫމާތު ދެއްވާފައިވަނީ އެ އަތޮޅުގެ ކަންކަން ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި މިނިސްޓްރީގެ ނާއިބު ޢަލީ ޝަމީމެވެ.

ޢަލީ ޝަމީމް ވިދާޅުވި ގޮތުގައި މިހާތަނަށް އެ އަތޮޅުގެ ކުޅުދުއްފުށި ސިޓީ، ނޮޅިވަރަންފަރު، ހަނިމާދޫ އަދި ކުރިނބީގެ ގޭބީސީތަކަށް ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ މަސްދަޅު ކޭސް ބަހައި ނިންމާފައެވެ. އަދި މަސްދަޅު ކޭސް ނުލިބި ހުރި ހދ. އަތޮޅުގެ އެހެން ރަށްތަކަށް މި ހަފުތާ ތެރޭގައި މަސްދަޅު ކޭސް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލިބިފައިވާ މަޢުލޫމާތުގެ މަތިން, ހދ. އަތޮޅުގެ ރަށްރަށަށް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރާ ދޯނި މިއަދުވެސް އެ މަސައްކަތުގައި ޙަރަކާތްތެރިވަމުން ދާކަން ފާހަގަކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި، ރަމަޟާންމަހާ ގުޅިގެން ދިވެހި ރައްޔިތުންނަށް ސަރުކާރުން ގިނަ ޢިނާޔަތްތަކެއް ފޯރުކޮށްދެމުން ގެންދެއެވެ. މީގެ ތެރޭގައި ރަމަޟާންމަހުގެ ފަހު 10 ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި، ގޭބީސީތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޯދަ ހަދިޔާ ހިމެނެއެވެ. މީގެ އިތުރުންވެސް ފާއިތުވި އަހަރު ރޯދަމަހާ ގުޅިގެން އިތުރު ޢިނާޔަތްތަކެއް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަން ފާހަގަކުރެވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *