މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި އެން.ސީ.ޓީ.ސީ ގުޅިގެން ކުރިއަށްގެންދާ “ހަފްތާރެސް” ޕްރޮގްރާމް އދ. އަތޮޅުގައި މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމަކީ މި އަހަރު ހިންގާ “ހަފްތާރެސް” ގެ ފުރަތަމަ ޕްރޮގްރާމެވެ.
ހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އދ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
މިދިޔަ އަހަރު “ހަފްތާރެސް” ގެ ތިން ޕްރޮގްރާމެއް ވަނީ ބާއްވާފައެވެ. އޭގެ ތެރެއިން ފުރަތަމަ ޕްރޮގްރާމް ބޭއްވުނީ އައްޑޫ ސިޓީގައެވެ. ދެވަނަ ޕްރޮގްރާމް ބޭއްވުނީ ހދ. އަތޮޅުގައެވެ. އަދި ތިންވަނަ ޕްރޮގްރާމް ބޭއްވުނީ ގދ. އަތޮޅުގައެވެ.
މިނިސްޓްރީގެ ފަރާތުން މި ޕްރޮގްރާމާ ގުޅޭގޮތުން ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، “ހަފްތާރެސް” ޕްރޮގްރާމަކީ ޒުވާނުންގެ ތަރައްޤީއަށް ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ފަދަ އިތުރު ޕްރޮގްރާމްތައް ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް ބޭއްވުމަށް ރޭވިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.