މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށާއި، ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް ހ. ހަބަރުގެ، މުޙައްމަދު ރިޝްވާނު އައްޔަންކޮށްފިއެވެ.
މާލޭ ވިޔަފާރި ބަނދަރު ހިންގާ، އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ވަޖީހު އިބްރާހީމް މިދިޔަ އާދީއްތަ ދުވަހު ވަކިކުރެއްވުމާއި ގުޅިގެންނެވެ.
އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަންކުރެއްވި ރިޝްވާން މީގެ ކުރިން ވަނީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯކަން ކުރައްވާފައެވެ. އޭގެކުރީން، ރިޝްވާން ވަނީ ސިފައިންގެ އަދި ފުލުހުންގެ ވަޒީފާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާފައެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރީ މުއްދަތުގައި އެންމެ ފަހުން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ. އެ މަޤާމުން އިސްތިއުފާދެއްވާފައިވަނީ 12 ޖުލައި 2011 ގައެވެ.
ރިޝްވާން ވަނީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯއަކަށް ހުންނެވިއިރު އެތަނުގެ ކުރިއެރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.