ވިޔަފާރި
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ “ރޯދަ ސޭލް” ފަށައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކޮންމެ އަހަރަކު ރަމަޟާން މަހަށް ޚާއްޞަކޮށްގެން ބާއްވާ “ރޯދަ ސޭލް” ޕްރޮމޯޝަން މިއަހަރުވެސް ބޮޑެތި ޑިސްކައުންޓްތަކާއެކު ފަށައިފިއެވެ.

2025 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި ސޭލް ފެށިގެންދިޔައީ 2 ފެބްރުއަރީ 2025 ގައެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 31 މާރިޗު 2025 ގެ ނިޔަލަށެވެ.

މިއަހަރުގެ ރޯދަ ސޭލް ރަސްމީކޮށް ފައްޓަވައި ދެއްވީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އީމާން އަދދު އީމާން އަދި ވެލިގާ ހާޑްވެއަރގެ ޑިރެކްޓަރ އަލްފާޟިލް ޒައިދު މުޙައްމަދެވެ.

އެސްޓީއޯއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ޕްރޮމޯޝަންގައި ކޮންމެ 500 ރުފިޔާގެ ޚަރަދަކަށް ކޫޕަނެއް ލިބޭނެއެވެ. ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ޚާއްޞަ ޑިސްކައުންޓްތަކެއް ކަސްޓަމަރުންނަށް ލިބޭނެއެވެ. މިގޮތުން ނިޕޯން ޕެއިންޓުން %20 އަދި މަކިޓާގެ ޕްރޮޑަކްޓްތަކުން %50 ގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

މިއަހަރުގެ ޕްރޮމޯޝަންގެ އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި އެސްޓީއޯއިން ފާހަގަކޮށްފައިވަނީ ވެލިގާ ހާޑްވެއަރ ފަދަ ޕާޓްނަރެއް ނިޕޯން ޕެއިންޓްގައި ބައިވެރިވެފައިވާކަމެވެ.

މި ޕްރޮމޯޝަންގެ މައި އިނާމުގެ ގޮތުގައި އެސްޓީއޯއިން ކަނޑައަޅާފައިވަނީ ނަސީބުވެރި އެއް ފަރާތަކަށް ދެވޭ ބައިލައްކަ ރުފިޔާގެ އަގުހުރި މުދަލެވެ.

މި ސޭލް ކުރިއަށްދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓްތަކުގެ އިތުރުން ވެލިގާ ހާޑްވެއަރގެ އައުޓްލެޓްތަކުގައެވެ. މީގެ އިތުރުން، އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *