ޚަބަރު
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ‘މަޖާސިލް ރަމަޟާން’ގެ ނަމުގައި ދަރުސްތަކެއް ބާއްވަނީ

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުގައި ‘މަޖާސިލް ރަމަޟާން’ގެ ނަމުގައި ސިލްސިލާ ދަރުސްތަކެއް ބޭއްްވުމަށް ނިންމައިފިއެވެ.

މި ދަރުސްތަކަކީ ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި އެނގެން ޖެހޭ މުހިއްމު މަޢުލޫމާތުތައް ހިމެނޭހެން މަޝްހޫރު ޢިލްމުވެރިޔާ އިބްނު އުތައިމީން ރަޙިމަޙުﷲ ލިޔުއްވާފައިވާ ފޮތެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަރުސްތަކެކެވެ. މި ދަރުސްތަކުގައި އަލިއަޅުވާލަން ހަމަޖެހިފައިވާ ބައެއް މަޢުޟޫއުތަކުގެ ތެރޭގައި ރަމަޟާން މަހުގެ މާތްކަމާއި، ރަމަޟާން މަހުގެ ރޯދައިގެ ޙުކުމާއި، ރޯދައިގެ މާތްކަމާއި، ރަމަޟާން މަހުގެ ރޭއަޅުކަމުގެ ޙުކުމްތައް ހިމެނެއެވެ.

މި ދަރުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ތިން ހަފްތާގެ، ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭތަކުގައި މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުން 16 ރަށެއްގައެވެ.

މި ސިލްސިލާގެ ދަރުސްތައް ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވުޒާރާއާއި ކައުންސިލްތަކާއި ގުޅިގެންނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *