ޚަބަރު
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ. ހައްޔަރުކުރެވުނު ފަރާތަކީ ގ. ޖޫތީގެ، ހަސަން ނަޒީހު ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ހައްޔަރުކުރުމަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ނަތީޖާއެކެވެ. މި އޮޕަރޭޝަންގެ ތެރެއިން، ހަސަން ނަޒީހާ ގުޅުން ހުރި ކަމަށް ބެލެވޭ ދެ ގެއެއް ބަލައި ފާސްކުރެވުނެވެ.

“އޭނާއާ ގުޅުން ހުރި ކަމަށް ބެލެވޭ ދެ ގެއެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވޭ. މި ތަކެތީގެ ވަގުތީ ބަރުދަން 1 ކިލޯއަށްވުރެ ގިނަ،” ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ހަސަން ނަޒީހުގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ނަގައިދީފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި ފުލުހުން މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *