ޚަބަރު
މަޤާމުން ވަކިކުރެއްވިޔަސް ފައިސަލްގެ ޝުކުރު ރައީސަށް!

ފަތުވެރިކަމާއި ބެހޭ ވުޒާރާގައި ވަޒީރެއްގެ ގޮތުގައި މަސައްކަތް ކުރަން ރައީސް ޑރ، މުހައްމަދު މުއިއްޒު ދެއްވި ފުރުސަތަށް ޝުކުރު ދަންނަވާ ކަމަށާއި، އެންމެންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ހިތުގައި އޮތީ ލޯތްބާއި ޝުކުރު ފަތުރުވެރިކަމާއި ބެހޭ ވަޒީރު ކަމުން ވަކި ކުރި އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ، ފަތުރުވެރިކަމުގެ ބެހޭ ވަޒީރު ކަމުގައި ހިދުމަތް ކުރަން ލިބުނު އެ ފުރުސަތަކީ ލިބުނު ނުހަނު މަތިވެރި އުފަލަކާއި ޝަރަފެއް ކަމަށެވެ.

އަދި އޭނާ މަގާމުން ވަކި ކުރުމާ ހަމައަށް، އެ ވުޒާރާގައި މަސައްކަތް ކުރަން ލިބުމަކީ އަބަދުވެސް ފަޚުރުވެރިވާނެ ކަމެއް ކަމަށާއި ޓޫރިޒަމަށް ޚިދުމަތް ކުރާން ފުރުސަތު ދެއްވި ކަމައްޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ޝުކުރު އަދާ ކުރާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

“ވޭތުވެ ދިޔަ ތަނުގައި، އަޅުގަނޑާ ހަވާލު ކުރެއްވި މަސައްކަތް އަޅުގަނޑު އަދާ ކޮށްފައި ވާނީ ޝައުގުވެރިކަމާއި އިޙްލާސްތެރި ކަމާއެކު ތެދުވެރިވެ ހުރެ އެވެ. އަޅުގަނޑު ގާބިލިއްޔަތު ތަންދިން އެންމެ އުސް ދަރަޖައިގައި ވަރުބަލި ނުވެ އެވެ. އަޅުގަނޑާ ހަވާލު ކުރެއްވި ޓޫރިޒަމްގެ އަމާޒުތަކަށް ވާސިލުވާން މަސައްކަތްކޮށްފައި ވާނީ ދިވެހި ރައްޔިތުންނާއި ގާތުންނެވެ. ބަދަލުވަމުންދާ ދުނިޔޭގެ ފަތުވެރިކަމަށް ބަލައިގެނެވެ،”. ފައިސަލްގެ ބަޔާނުގައި ވެއެވެ.

ފައިސަލް ވިދާޅުވީ، ދިވެހި ސަރުކާރުން މިދިއަ އަހަރަށް ކަނޑައެޅި މައިގަނޑު އަމާޒު، 2 މިލިއަން ޓޫރިސްޓުންގެ ލަނޑު ދަނޑިއަށް ވާސިލު ވެވުނު ކަމަށާއި، އެއީ ދިވެހިންގެ ހަޔާތުގައި ތާރީހީ އުފަލަކާއި ބޮޑު ކާމިޔާބީއެއް ކަަމަށެވެ. އެ އުފާ ދިވެހި ސަރުކާރާއި ރައްޔިތުނަށް ހޯދައި ދޭން އުޅެވުނީ ޓޫރިޒަމް އިންޑިސްޓްރީގެ އަޑު އަހައިގެން ކަމަށާއި، ދިވެހި ރައްޔިތުން ފަރާތުންގެ އައި ފާޑުކިޔުން ވެސް ބަލައިގަނެގެން ކަަމަށް ފައިސަލް ވިދާޅުވެފައި ވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *