Uncategorized
ގުރުއާން އެންދި މީހާ ގަޔަށް ބަޑިޖަހައި މަރާލައިފި

2023 ވަނަ އަހަރު ކީރިތި ގުރުއާންގެ މުސްހަފުތައް އެންދި އިރާގު މީހާ ގަޔަށް މިއަދު ބަޑިޖަހައި މަރާލައިފި އެވެ.

އިރާގުން ސްވިޑަންއަށް ރެފިއުޖީއެއްގެ ގޮތުގައި ގޮސް އުޅުނު ކްރިސްޓިއަނެއް ކަމަށްވާ ސަލްވާ މުމީކާ 2023 ވަނަ އަހަރު ވަނީ ގުރުއާން މުސްހަފު ތަކުރާރުކޮށް އަންދައިފަ އެވެ. އެކަމާ ގުޅިގެން މުސްލިމުންގެ މެދުގައި ބޮޑު ނުތަނަވަސްކަމަކާއި ރުޅިވެރިކަމެއް އުފެދުނެވެ.

ސްވިޑެންގެ ޕްރޮސިކިއުޓަރު ޕްރޮސެކިއުޓާ ރަސްމުސް އޮމާން އޭއެފްޕީއަށް ވިދާޅުވި ގޮތުގައި އުމުރުން 38 އަހަރުގެ މުމީކާ މަރާލި މައްސަލައިގައި މިހާތަނަށް ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އަދި މިއީ އެހެން ގައުމެއްގެ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށާއި އެކަމަކު އަދި ޔަގީންކަމާ އެކު އެއްޗެއް ބުނަން އަދި މާ އަވަސް ކަމަށް ވިދާޅުވި އެވެ.

“އަދި މިތިބީ ތަހުގީގުގެ ވަރަށް ކުރީ ކޮޅުގައި… ވަރަށް ގިނަ މައުލޫމާތު ލިބިއްޖެ. މިކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފަސް މީހަކު ވަނީ ހިފަހައްޓާފައި،” އޮމާން ވިދާޅުވި އެވެ.

މުމީކާ މަރާލީ ގުރުއާން އެންދި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ، ފިތުނަ އާއި ހަމަނުޖެހުން އުފެއްދުމުގެ ދައުވާ ސާބިތުވޭތޯ ކަނޑައެޅުމަށް ބުރާސްފަތި ދުވަހު އަޑުއެހުން ތާވަލްކޮށްފައި އޮއްވަ އެވެ. އޭރާ މަރާލުމުން މިހާރު ވަނީ އަޑުއެހުން އަންނަ މަހުގެ ތިން ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.

މުމީކާ މަރާލީ ސްވިޑަންއަށް ބުދަ ދުވަހު، އެޕާޓްމަންޓް ބިލްޑިންގެއްގެ ތެރޭގައި ބަޑި ޖަހައިގެންނެވެ. ބަޑިޖެހުމުގެ ހާދިސާއެއް ރިޕޯޓްކުރުމާ ގުޅިގެން ފުލުން ގޮސް ބެލި އިރު މުމީކާ އޮތީ ބަޑިޖަހައި ޒަހަމްކޮށްލައިފަ އެވެ. މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް ފުލުހުން ބުންޏެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހަމަލާ ސޯޝަލް މީޑިއާގައި ލައިވްކޮށް ބްރޯޑްކާސްޓްކުރި އެވެ. ހަމަލާ ދިން މީހާ އިމާރާތަށް ވަނީ ފުރާޅުމަތިން ކަމަށް ވެސް އެއް މީޑިއާއަކުން ރިޕޯޓްކޮށްފައިވެ އެވެ.

އޮގަސްޓް މަހުގެ ތެރޭގައި މޮމިކާ އާއި އޭނާއާ ބައިވެރިވި ސަލްވާން ނަޖީމްގެ މައްޗަށް ވަނީ ވަކި ބަޔަކާ ދެކޮޅަށް، ފިތުނަވެރި އަމަލު ހިންގުމުގެ ދައުވާކޮށްފަ އެވެ. ދައުވާގައިވާ ގޮތުން އެ މީހުންވަނީ އެކި ފަހަރުމަތިން ގުރުއާން މުސްހަފު އަންދައި އަދި އެކަން ކުރަމުން ހުތުރު ބަސްތައް ގޮވައިފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *