ޚަބަރު
ކެނެޑާއާއި ދިވެހިރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ކެނެޑާއާއި ދިވެހިރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ކެނެޑާގެ ހައި ކޮމިޝަނަރ އެރިކް ވޯލްޝްއާއި ދިވެހިރާއްޖޭގެ ފޮރިންގ މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އިއްޔެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު މި ބައްދަލުވުމުގައި ކެނެޑާގެ ގްލޯބަލް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް ހަންނާން އެމްއެލްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގާތް ގުޅުމެއް ޤާއިމްކުރުމާއި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *