ވިޔަފާރި
ބީއެމްއެލް އިން ޞަލާޙުއްދީނާއި ހިރިޔާ ސްކޫލްގެ ސެން ކްލާސް ތަރައްޤީކޮށްފި

މުޖުތަމަޢު އަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމުތައް ތަރައްޤީ ކޮށްފިއެވެ.

ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާއެކު މި ދެ ސްކޫލްގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 200 ވަރަކަށް ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ދެ ސްކޫލަށް ބޭންކުން ފޯރުކޮށްދިން އެހީގެ ތެރޭގައި ކްލާސްރޫމްތައް މަރާމަތުކުރުމާއި ކުދިން އުނގެނުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދެވުނެވެ.

މި ކްލާސްރޫމްތަކަށް ހަދިޔާކުރެވެނު ތަކެއްޗަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެކެވެ.

ވޭތުވެދިޔަ އަހަރުތަކުގެތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ހަދިޔާކޮށްފައިވާއިރު ބޭންކުންވަނީ ޢިމާދުއްދީން ސްކޫލުގައި ތެރަޕީ ރޫމެއް ގާއިމުކުރުމަށް އެހީތެރިކަންފޯރުކޮށްދީފައެވެ.

އަދި މީގެ އިތުރުން ބީއެމްއެލް އިން ވަނީ އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮންޕިއުޓަރ ލެބް ތަރައްގީކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *