ޚަބަރު
އާއްމުކޮށް ބިދޭސީން އެއްވެ އުޅޭ ތަންތަން މޮނީޓަރ ކުރަނީ
ބިދޭސީން އެއްވެ އުޅޭ ތަންތަން މޮނީޓަރ ކުރުމަށް އިމިގްރޭޝަންގެ އޮފިސަރުން ހަރަކާތްތެރިވަނީ. --ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

އާއްމުކޮށް ބިދޭސީން އެއްވެ އުޅޭ ތަންތަން މޮނީޓަރކުރަން މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނީ، އާއްމުކޮށް ބިދޭސީން އެއްވެ އުޅޭ ތަންތަން މޮނީޓަރކުރަން ފެށީ، އާއްމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން ފާހަގަ ކުރެވޭތީ ކަމަށެވެ.

ފަހަކަށްއައިސް މުޖުތަމަޢުގެ ހަމަޖެހުމަށް ބުރޫ އަރައި، އާއްމު މަސްލަހަތަށް ނުރައްކާވާފަދަ އަމަލުތައް ބިދޭސީންގެ ފަރާތުން ފެންނަމުންދާތީވެ، އިމިގްރޭޝަނުން މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ އިއްޔެ އެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވެ އުޅެނީ އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަނުގެ އޮފިސަރުން ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.

އަދި މި ހަރަކާތްތައް ކުރިއަށްގެންދާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ ޓާސްކުފޯހުން އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *