ޚަބަރު
އަލަށް ގުޅުނު 200 އަށްވުރެ ގިނަ ފުލުހުންގެ ތަމްރީނު ފަށައިފި

ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 200 އަށް ވުރެ ގިނަ ފުލުހުންގެ އަސާސީ ތަމްރީނު މިއަދު ފަށައިފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނީ އައްޑޫ އެކަޑެމީގައި ހިންގާ ތިން މަސް ދުވަހުގެ ތަމްރީނުގައި 210 ފުލުހުން ބައިވެރިވާ ކަމަށެވެ. އެއީ 162 ފިރިހެނުންނާއި 48 އަންހެނުންނެވެ.

އެ ކޯސް ފެށުމަށް އެކަޑެމީގައި އިއްޔެ ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ހަފުލާ ޝަރަފުވެރިި ކޮށްދެއްވީ ޕޮލިސް އެކަޑެމީގެ އެގްޒެކެޓިވް ޑިރެކްޓަރު އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަބްދުއްރަހުމާނެވެ.

އަސާސީ ތަމްރީނަކީ ފުލުހުންގެ މަސައްކަތަށް އަލަށް ނުކުންނަ ޒުވާނުންނަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރުތައް ދަސްކޮށްދޭން ހިންގާ ކޯހެކެވެ.

އޭގެ ތެރޭގައި ފިޒިކަލް ޓްރެއިނިން އާއި ރައްކާތެރިކަމާއި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާއި ގުޅުން ހުރި ބައިތައް ކިޔަވައިދޭނެ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *