އެސްޓޯނިއާއަށް ރައީސް. ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، ދައުލަތުގެ މީޑިއާއައް ދެއްވި އިންޓަރވިއުއެއްގަ އެވެ.
މިނިސްޓަރ ވިދާޅުވީ، މީގެ ކުރީގައި ރާއްޖޭގެ އެއްވެސް ރައީސްއަކު އެސްޓޯނިއާއަށް ދަތުރުކޮށްފައިނުވާ ކަމަށެވެ.
”އެސްޓޯނިއާއައް ބަލައިރު އެސްޓޯނިއާއަކީ ހާއްސަ ގައުަމަކަށް ވަނީ ޑިޖިޓަލް އިކޮނަމީގައި ރާއްޖެއާއި ކޮންޓްރޮބިއުޓް ކުރެވިދާނެ ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ކުރެވިދާނެ ކަންތަށްތަކެއް އަޅުގަނޑުމެންނަށް ގެނެވޭނެ ގައުމަށް.“
ދެގައުގެ ދެމެދުގައި މި ގުޅުންތަށް ވަރުގަދަވެގެން ދަނީ ބަދަލު ކުރެވޭ ސިޔާސަތުތަކާއި ކަންތައްތަކެއްގެ މައްޗަށް ކަމަށާއި، ޔޫރަޕްގެ މެދުތެރޭގައި އޮތް ގައުމަކަށް އަލަށް ރާއްޖޭގެ އިސް ވެރިޔަކު ވަޑައިގެންނެވި ފުރަތަމަ ފަހަރުކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ފާހަގަ ކުރެވިގެން ދިޔާއީ މި ދަތުރުފުޅުގެ ސަބަބުން އެ ގައުމުގެ އިސްސަފުން ވަރަށް ހޫނު މަރުހަބާއެއް ރައީސް ޑރ. މުއިއްޒުއައް ވިދާޅުވި މަންޒަރު ކަމަށެވެ.
”ވަކިން ހާއްސަ ގޮތެއްގައި އެކިއެކި ކަންކަން ރާވައިފައިވާއިރު އެންމެ އިސްސަފުގައި މި ގައުމުގެ ރައިސް ހުންނެވިކަން އެއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ކަމެއް ހަގީގަތުގައި.“
މިކަމުގެ ސަބަބުން ހާމަވެގެންދަނީ ރައްޖެއާއި ދެމެދުގައި ބާއްވާ ގަތްކަން ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.