ކުޅިވަރު
ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނާ ވަޒީރު ރާފިޢު ބައްދަލުކުރައްވައިފި

ދާދި ފަހުން ޒެމްބިއާ އިންޓަނޭޝަނަލް ޗެލެންޖާއި، ބޮސްޓްވާނާ އިންޓަނޭޝަނަލް ޗެލެންޖުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނާއި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފި އެވެ.

ޒެމްބިއާ މުބާރާތާއި ބޮޓްސްވާނާ މުބާރާތުން ޖުމްލަ އެކު، ރިވައިވަލް އިން ވަނީ ރާއްޖެ އަށް 8 މެޑަލް ހޯދައިފަ އެވެ.

ޒެމްބިއާ މުބާރާތުން އަންހެން ޑަބަލްސް އިން ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އިން ރަން މެޑަލް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ އިން ލޯ މެޑަލް އަދި އަންހެން ސިންގަލްސް އިން ނަބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް އިން ނަބާގެ ރަން މެޑަލާއި ނަބީގެ ރިހި މެޑަލްގެ އިތުރުން، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ރިހި މެޑަލާއި ފިރިހެން ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާގެ ލޯ މެޑަލްގެ އިތުރުުން އަންހެން ޑަބަލްސްގައި ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އިން ހޯދި ލޯ މެޑަލް އެވެ.

ރިވައިވަލްގެ ކުޅުންތެރިންނާ ބައްދަލުކުރައްވާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ މިވަގުތު ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުމުގެ މައްސަލަތަކުގެ ސަބަބުން ގައުމީ ޓީމްތަކާއި، ކުލަބުތަކަށް އަންނަނީ އުނދަގޫތައް ކުރިމަތިވަމުން އަންނަ އުނދަގޫތަކަށް ހައްލު ހޯދައިދެއްވާނެކަމަށް ވިދާޅުފަ އެވެ.

ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން މިވަގުތު އެންމެ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް އެއް އެސޯސިއޭޝަނަކީ ބެޑްމިންޓަން އެސޯސިއޭޝަން އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *