އަންނަ އަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީން ނޫރުލް އަޛާންގެ ނަމުގައި ބަންގި މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި މުބާރާތަކީ އެ މިނިސްޓްރީގެ މިސްކިތްތަކާ ގުޅޭ ސެކްޝަނުން އިންތިޒާމުކޮށްގެން އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެއްކަމަށެވެ.
މިއީ މާލެސިޓީގައި ފިޒިކަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ބަންގި މުބާރާތެއްކަމަށް އެ މިނިސްޓްރީންބުނެފައިވެއެވެ.
“ނޫރުލް އަޛާން 1446″ގެ ނަމުގައި ބާއްވާ މި މުބާރަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ލިންކު މެދުވެރިކޮށް މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.
ކިޔުންތެރިންގެ ޚިޔާލު