ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާން ރޯވެ އަދަނދަމުން އެބަދެއެވެ. އެއިމާރާތަކީ އަމީނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމަތީގައި ހުންނަ އިމާރާތެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ ރޯވެފައި ވަނީ އިމާރާތުގެ ފަންގިފިލާއެއްގެ ސީލިންގގައެވެ.
އެމްއެންޑީއެފުން ބުނީ ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަލިފާން ރޯވުމުގެ ސަބަބުން ވަރަށް ބޮޑަށް ދުން އަރައި ދުމުގެ އަސަރު ކައިރީ އިމާރާތްތަކަށް ވެސް އަންނަނީ ކުރަމުންނެވެ. އެހެންވެ ކައިރި އިމާރާތްތަކުން މީހުން ހުސް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ.
ކިޔުންތެރިންގެ ޚިޔާލު