ޚަބަރު
ސަރުކާރުން ރާވާފައިވާ މަސްވެރިކަމާއި ގުޅޭ މަޝްރޫއުތަކަށް ފައިސާ ހަމަޖެހިއްޖެ – މިނިސްޓަރ ޝިޔާމް

މަސްވެރިކަމަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކަށް ފައިސާ ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގްރާމްއެއްގައެވެ. އެ ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ކުރަން ހުރި ހުރިހާ މަސައްކަތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާއިރު ސްޓޯރޭޖެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ދޮޅު އަހަރާއި ދެ އަހަރާ ދޭތެރޭ ނިންމައި، އެތަންތަނުން ޚިދުމަތް ލިބޭނެކަމަށެވެ.

“ކޮންމެހެން ނުޖެހޭ ދަޢުލަތުން އެ ހުރިހާ އެއްޗެއް އިންވެސްޓް ކުރާކަށް، ޕްރައިވެޓް ޕާޓީތަކާއި އެހެން ބޭންކުތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަމާއެކު މިކަން އެބައޮތް ކުރެވެން. ރާއްޖޭގެ މަސްވެރި ސިނާއަތް ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އަޅުގަނޑުމެން ހޯދަންޖެހޭ ހުރިހާ ފައިސާއެއް ރައީސުލްޖުމްހޫރިއްޔާ އެހެރީ ހޯއްދަވާފައި. ދެން އޮތީ މިކަންކަން ތަންފީޒުކުރުން” މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

އެއްގަމުގައި ހުރި ސްޓޯރޭޖް ކެޕޭސިޓީ އަކީ މިވަގުތު 4200 ޓަނުކަމަށާއި އެއީ އެންމެ އެކަށީގެންވާ ކެޕޭސިޓީ ނޫންކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ނިމުމުން އެއާއިއެކު ކަނޑުމަތީގެ ބޯޓުތަކާއި އެއްގަމުގެ ސްޓޯރޭޖް އެއްކޮށްލައިގެން މިހާރު ހުރި 8000 ޓަނުގެ ސްޓޯރޭޖް 25000 ޓަނަށް އިތުރުވެގެންދާނެކަމަށެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރެއްވުމަކީ ރައީސް އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތް ކަމަށާއި އެގޮތުން މަސްވެރިކަމުގެ ސިނާއަތުގައި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ކަންކަމަކީ މަސްވެރިން ކިރުވާ މަހަށް އަވަހަށް ފައިސާ ފޯރުކޮށްދިނުމާއި ފަސޭހައިން އައިސް ލިބޭނެ މަގު ތަނަވަސްކުރުމުގެ އިތުރުން މަހުގެ އެކި ބާވަތްތައް އެކްސްޕޯޓު ކުރާނެ އިތުރު މާކެޓްތައް ހޯދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުން އަންނައިރު ރައީސް މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާޖަމާކުރަން ވަނީ ފަށާފައެވެ. މީގެ އިތުރުން ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ނުވަތަ އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނަށް އެދުމަށްވެސް ސަރުކާރުން ހުޅުވާލައި މިހާތަނަށް ބައެއް ފަރާތްތަކަށް ލޯނު ދޫކޮށްފައި ވެސް ވެއެ

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *