ޚަބަރު
ގަވާއިދާއި ހިލާފަށް މިފްކޯއަށް 700 މިލިއަން ދޫކުރިކަމަށް ބުނެ އަދަދު ނޫހުން ހެދީ ދޮގު – ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމު އުސޫލުތަކާ ޚިލާފަށް 700 މިލިއަން ރުފިޔާގެ އޯވާޑްރާފްޓެއް ދޫކޮށްފައިވާ ކަމަށް ބުނެ “އަދަދު” ނޫހުން ފެތުރި ޚަބަރު އެ ބޭންކުން ދޮގު ކޮށްފިއެވެ.

އެކަމާ ގުޅިގެން ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ “އަދަދު” ނޫހުން ފަތުރާފައި ވަނީ ދޮގު ޚަބަރެއް ކަމަށާއި, ބޭންކުގެ އިތުބާރު ގެއްލޭ ގޮތަށް ޚަބަރު ޝާއިއު ކޮށްފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ. ބީއެމްއެލްއިން ބުނީ ބީއެމްއެލްއިން ކަސްޓަމަރުންނަށް ޚިދުމަތް ދެމުން އަންނަނީ ބޭންކިން ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި, އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

އެގޮތުން, ސަރުކާރުގެ އިދާރާތަކާއި, ކުންފުނިތަކާއި, އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކަށް ބަލްކް ޓްރާންސްފާގެ ޚިދުމަތް ދެމުން އަންނަނީ އާންމު އުސޫލާ އެއްގޮތަށް ކަމަށް ބަޔާނުގައި ވެއެވެ.

ބީއެމްއެލުން ބުނީ ބޭންކުގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންގެ ރައްކާތެރިކަން ކަމަށް ވީހިނދު, ބޭންކުން އަބަދުވެސް އަމަލު ކުރަމުން ދާނީ އަބަދުވެސް އަމަލުކުރަމުންދާ ހަރުދަނާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *