ޚަބަރު
ފައިސާ އަކީ ޝައުގުވެރިކަން ދަމާ އެއްޗެއް: ޔާމީން

ފާއިސާ އަކީ މީހުންގެ ޝައުގުވެރިކަން ދަމާއެއްޗެއްގެ ގޮތުގަައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިފަކުރައްވައިފިއެވެ.

ރައީސް ޔާމީން މިފަދައިން ފައިސާ އާއި ބެހޭގޮތުން ވާހަކަ ދެއްކެވީ ޕީއެންއެފް އިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެ ޕާޓީގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އެ ޖަލްސާގައި ސަރުކާރަށް ތުހުމަތުކުރައްވައި ޔާމީން ވިދާޅުވި ގޮތުގައި އްޔިތުންގެ މަޖިލީހުގައި ތިބި މެންބަރުން ވެސް އެފަރާތްތަކުގެ މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށެވެ.

އެވާހަކަ ގެންނަވައި ދެން ޔާމީން ވިދާޅުވީ، ” ރައްޔިތުންގެ މަންދޫބުން ކަމުގައި ބުނާ މީހުން ބޭނުމެއް ނޫން މީގެއިން އެއްވެސް ކަމެއް ބަލާކަށް. އެކަމަކު އެތަނުގައި އިންތިހާއަށް ހިތް ނުތަނަވަސްކަން އޮތްކަން އިނގޭ. ފައިސާ އަކީ އިންތިހާއަށް މީހުންގެ ޝައުގުވެރިކަން ދަމާ އެއްޗެއް.” ޔާމީން ވިދާޅުވިއެވެ.

ފައިސާ އާއި ބެހޭގޮތުން ޔާމީން މިގޮތަށް ވާހަކަ ދެއްކެވި އިރު އެމަނިކުފާނުގެ ވެރިކަމުގައި ވެސް ފައިސާ އާއި ގުޅޭގޮތުން ވަރަށް ތަފާތު ވާހަކަތައް ދައްކަވާފައިވެއެވެ. އޭގެ ތެރެއިން “ޚުދު އަނބިމީހާ ވެސް ގެއަށް ވައްދާ ފައިސާ އަކީ ހަލާލު ފައިސާ ތޯ ނާހާނެ ކަމަށް” ވެސް ވިދާޅުވެފައިވެއެެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *