ކުޅިވަރު
އިސްމާއީލް ޝަފީއު ދަނބިދޫ ލޯމާފާނު ހޭންޑްބޯލް މުބާރާތުގެ ގުރު ނަގައިފި
އިސްމާއިލް ޝަފީއު ދަނބިދޫ ލޯމާފާނު ހޭންޑްބޯޅް މުބާރާތުގެ ގުރު ނެގުމުގެ ތެރެއިން ---

އިސްމާއީލް ޝަފީއު ދަނބިދޫ ލޯމާފާނު ހޭންޑްބޯލް މުބާރާތުގެ ގުރުއަތު ނަގައިފިއެވެ.

. ދަނބިދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދަން ތައްޔާރުވެފައިވާ އިސްމާއީލް ޝަފީއު ދަނބިދޫ ލޯމާފާނު އަންހެން ހޭންޑްބޯލް މުބާރާތް 2023 ރޭ ފަށަން އޮތް ނަމަވެސް، ވިއްސާރަވުމުގެ ސަބަބުން ފެށުން ވަނީ މިރެއަށް ފަސްކޮށްފައެވެ.

ދަނބިދޫ ކައުންސިލް އިދާރާގައި މުބާރާތުގެ ގުރު ނަގާފައިވާ އިރު، މުބާރާތުގައި ޖުމުލަ ހަތަރު ޓީމަކުން ބައިވެރިވެފައިވެއެވެ. ލީގު ބުރެއް ކުޅެ ފައިނަލަށް ދެޓީމު ދާގޮތަށް މުބާރާތް ރޭވިފައިވާ އިރު، މިއީ ކައުންސިލުން ދަނބިދޫގައި ހޭންޑްބޯލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމު ތަކަކީ، ޓީމް ޗެމްޕިއަން، ފަތްމިނި ސކ، އަނގޮޅި ސްޕޯޓްސް ކްލަބް އަދި އަނގޮޅި ކުއީންސްއެވެ.

މުބާރާތުގެ ޝެޑިއުލް

ކައުންސިލް ހޭންޑްބޯލް މުބާރާތުގެ މެޗުތައް ދަނބިދޫ ކައުންސިލް ފޭސްބޫކް ޕޭޖުން ވަގުތުން ލައިވް ކުރާނެއެވެ. މީޑިއާ ޕާޓްނަރަކީ “ލާމް ޓޭލްސް”އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *